ބުޅާ މަސް އަޅައިގެން އެއްވެސް ކާއެއްޗެއް ތައްޔާރުކުރިކަމުގެ ހެއްކެއް ފެންނާކަށް ނެތް ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
މާލޭގައި އުޅޭ ބަންގްލަދޭޝް މީހަކު ބުޅާ މަސް އަޅައިގެން ކާއެއްޗެއް ތައްޔާރުކޮށް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އޮގަސްޓު 19 ގައެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުކުރިއިރު، ބުޅާ މަސް އަޅައިގެން އެއްވެސް ކާއެއްޗެއް ތައްޔާރުކުރިކަމުގެ ހެއްކެއް ފެންނާކަށް ނެތް ކަމަށެވެ.
މީގެއިތުރުން ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަރަފާތު ހުސައިން (32 އ) މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ މި މައްސަލާގައި ކުރަމުންދިޔަ ތަހުގީގު ނިންމާލައިފައިވާ ކަމަށެވެ.
އަރަފާތު، އިމިގްރޭޝަނާ ހަވާލުކުރުމުން އޭނާ ޑީޕޯޓްކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން