ގަސްދުގައި ކޮޓަރިއެއްގައި އަލިފާން ރޯކޮށްލި މީހަކު ހައްޔަރުކޮށްފިއެވެ.
މއ.އުއިވަށާގެ ޔައީޝް އަޙްމަދު (26 އ) ހައްޔަރުކުރީ ކޮޓަރީގައި ޑިޒައިނެއް ހެދުމުގެ ގޮތުން ކަމަށް ބުނެ އަލިފާން ރޯކޮށްލި މައްސަލައިގައެވެ.
މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
މުއްދަތު މަޖިލީހުގައި އޭނާ ވަނީ އަލިފާން ރޯކޮށްލި ކަމަށް އެއްބަސްވެފައެވެ.
ކޯޓުގައި ފުލުހުން ބުނެފައިވަނީ ފުލުހުން ސީންއަށް އެ ދިޔައިރު، ފާރުގައި ހުރި ކަރުދާސްތަކެއްގައި ރޯކޮށްފައި ހުއްޓާ ފެނުމުން އަލިފާން ނިއްވައިލި ކަމަށެވެ. އަދި އޭގެފަހުން ޔައީޝް ސީންއަށް އައުމުން، އޭނާއާ ސުވާލުކުރުމުން އަލިފާން ރޯކުރިކަމަށް ބުނެފައިވާ ކަމަށެވެ.
ހައްޔަރު/ބަންދު ރެކޯޑު އޮތް ޔައީޝް ބަންދުކުރަން އަމުރުކުރީ 5 ދުވަހަށެވެ.
މި ލިޔުން ކިޔާލުމުން