އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ ބިރުދައްކައި ފޭރުނު މައްސަލައެއްގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ދެ މީހަކު ވަދެ، ސޭޓަށް ބިރުދައްކައި ފޭރުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މި މަހު 14 ވަނަ ދުވަހުއެވެ.
މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަނީ 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިއަދު އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެއީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އާންމުވެފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުން ދެ މީހަކު ހިތަދޫ ފިހާރައަކަށް ވަދެ ސޭޓަށް ބިރުދައްކާފައިވަނީ ލަކުޑިގަނޑަކާއި ވަޅިއެއް ބޭނުންކޮށްގެންނެވެ.
މި ލިޔުން ކިޔާލުމުން