ކުށުގެ ދޮރުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ސީޕީ ޝުޖާއު މިހެން ވިދާޅުވީ ބ.ދޮންފަނު ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ ދޮންފަނުގައި ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓާއެކު، އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި، އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާންކަމާއި، ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށެވެ.
ޚާއްސަކޮށް ޒަމާނީ ޓެކްނޮލޮޖީއާއެކު ސައިބަރ ސްޕޭސްގައި ފެތުރެމުންދާ ކުށްތަކާއި، ސްކޭމް މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފަސޭހަވެގެންދާނެކަން ވެސް ސީޕީ ވިދާޅުވިއެވެ.
މީގެއިތުރުން ސީޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތް ގާއިމުވެގެންދިއުމާއެކު ފުލުހުންނާއި، ރައްޔިތުން ގުޅިގެން، ކުށްތައް ހުއްޓުވުމަށް މަސައްކަތްކޮށް، އެފަދަ ދޮރުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން