ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ އއ.ގަންގެހި ރިސޯޓް ބޭރަށް ސްނޯކްލިންގއަށް ގޮސް އުޅުނު ފަތުރުވެރިއެއް މަރުވެފައިވާކަމަށް އިއްޔެ 11:22 ހާއިރު ރިޕޯޓުކުރި ކަމަށެވެ.
ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުވި މީހާއަކީ ރަސްދޫ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން