ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، ބައިނަލްއަގުމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ސަލާމަތް ސިއްހަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފުސާނީ ދުޅަހެޔޮކަން ކަމަށެވެ.
އުފެއްދުންތެރި، މުރާލި އަދި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފުސާނީ ގާބިލުކަމަކީ ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މީހުން ނަފުސާނީ ބަލިތަކަށް ހޭލުންތެރި ކުރުވުމެވެ. އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އެއްބާރުލުންދެނިވި މަސައްކަތްތަކެއް ކުރުމެވެ.
މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ "މަސައްކަތުގެ މާޙައުލުގައި ނަފުސާނީ ދުޅަހެޔޮކަން" މިއެވެ.
މި ލިޔުން ކިޔާލުމުން