ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް މިއަދު ބަދަލުތަކެއް ގެންނަވައިފިއެވެ.
ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކަށް ބަލާއިރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ވަނީ ޑޮކްޓަރ ޢަބްދުﷲ ޚަލީލް އައްޔަން ކުރައްވާފައިވާއެވެ. އަދި މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް މޫސާ ޒަމީރު އައްޔަން ކުރެއްވިއިރު، މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް އައްޔަން ކުރެއްވީ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.
މިއަދު މެންދުރުފަހު މިކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭފުޅުން ވަނީ ރައީސްގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާކުރައްވާފައެވެ.
ޑރ.ޚަލީލް މިހާތަނަށް ހުންނެވީ ހެލްތު މިނިސްޓަރުގެ މަގާމުގައެވެ. އަދި މޫސާ ޒަމީރު މިހާތަނަށް ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ.
މީގެއިތުރުން ނާޒިމް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގައެވެ.
މި ލިޔުން ކިޔާލުމުން