ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ކޮންމެ ދާއިރާއަކުން އެހީތެރިވުމަށް ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަހްޔާން ދެއްވައިފިއެވެ.
ޔޫއޭއީގެ ބޮޑުވަޒީރުުގެ ނައިބު، މި ޔަގީންކަން ދެއްވީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭގޮތުން މައުލޫމާތު ދެއްވަައި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި، ޚާއްސަ ގޮތެއްގައި އިގުތިސާދީ ތަރައްގީއާއި، އިންވެސްޓްމަންޓް އަދި ސިއްހީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އެހީތެރިކަން ފާހަގަކުރައްވައިފައެވެ.
ެރައީސްގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ކޮންމެ ދާއިރާއަކުންވެސް އެހީތެރިވުމަށް ޔޫއޭއީއިން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މީގެއިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މުހިއްމުކަން ވެސް ފާހަގަކުރައްވައިފައެވެ.
މި ބައްދަލުވުން ނިންމަވައިލައްވަމުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގަައި އޮތް ސިޔާސީ ގުޅުން ހަރުދަނާކޮށް، ދެ ގައުމުން އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރެއްވުމާއެކު އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މި ލިޔުން ކިޔާލުމުން