ފުލުހުންގެ ޚިދުމަތުގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރުކުރި މައްސަލާގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބް ޝަހީމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފުލުހުންގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރުކުރަމުންދާ މައްސަލައިގައި ޠައްޔިބް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާނެ ކަމަށެވެ.
މި މައްސަލާގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ޠައްޔިބު ފޯނާއި އިލެކްޓްރޯނިކްސް ބައެއް ތަކެތި މީގެކުރިން ވަނީ ހިފަހައްޓާފައެވެ.
ހިފެހެއްޓި ތަކެތީގެތެރޭގައި ފޯނާއި ލެޕްޓޮޕަކާއި ހާޑް ޑްރައިވްއަކާއި 5 ޕެންޑްރައިވް ހިމެނެއެވެ.
ފުލުހުން ބުނެފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާގުޅޭ ގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓުކަމަށް ބުނެ މި ފަހުން ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވަނީ ސައްހަ ނޫން ރިޕޯޓެއް ކަމަށެވެ. އެ ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށް، އަދި ފުލުހުންގެ ބައެއް އިސް ވެރިންގެ ސޮއި ފޯޖުކޮށްގެން އުފައްދާފައިވާ ސައްހަ ނޫން ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން