ދިވެހިރާއްޖެ އާއި ކްރޮއޭޝިއާ އާ ދެމެދު "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" ގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ނިއު ޔޯކްގައި ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައިލެވެލް ހަފުތާގެ ހަވާސާގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ، ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް އެވެ. އަދި ކްރޮއޭޝިއާގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެން ޔޫރަޕިއަން އެފެއާޒް އެފެއާޒް، ހިޒް އެކްސަލެންސީ ގަރލިޗް ރަޑްމެން އެވެ.
މި ފަހުމުނާމާގައި ސޮއި ކުރެވިފައި ވަނީ ދެ ވަޒީރުންގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމަކަށްފަހުއެވެ.
ޚާރިޖީ ވުޒާރާއިން ބުނީ މި ފަހުމުނާމާގައި ސޮއިކުރެވުމާއެކު، ދިވެހިރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމަށް ލާބަޔާއި މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި، ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މީގެއިތުރުން، މި އެއްބަސްވުމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.
މި ލިޔުން ކިޔާލުމުން



