ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އެކި ކަހަލަ ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޒުވާނުންގެ ކައުންސެލިންގ ޚިދުމަތްތަކަށް ޚާއްޞަ ހިލޭ ގުޅޭ ނަންބަރު "1456" ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ކޮންމެ ޒުވާނަކަށްވެސް އެމީހެއްގެ ބޭނުންތަކާ އެއްގޮތަށް، ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ކައުންސެލިންގއާއި، ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުން ކަމަށެވެ.
މިގޮތުން މި ހޮޓްލައިން މެދުވެރިކޮށް ޒުވާނުންނަށް ލިބިގެންދާނެ ޚިދުމަތްތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނަށާއި ޢާއިލާތަކަށް ބޭނުންވާ ކައުންސެލިންގ ޚިދުމަތާއި، ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމާއި އިރުޝާދާއި، ނަފްސާނީ ކުއްލި އެހީތެރިކަމާއި، ޞިއްޙީ ސްކްރީނިންގ ޚިދުމަތްތަކުގެ އިތުރުން ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް އަދި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަން ހިމެނެއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޚިދުމަތް ލިބިގެންދާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށާއި، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު 1456 އަށް ގުޅައިގެން މި ޚިދުމަތްތައް ހިލޭ ހޯދޭނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން



