ރަޝިޔާގެ ޕާލިމެންޓަރީ އިންތިޚާބުގެ ފަހު ދުވަހާ ދިމާކޮށް ޔޫކްރެއިނުން މޮސްކޯ ސަރަހައްދަށް ދިން އެންމެ ބޮޑު ޑްރޯން ހަމަލާގައި ދެ މީހަކު މަރުވެ، ތެޔޮ ސާފުކުރާ ކާރުޚާނާއަކަށާއި އާންމުންގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ދެ ޤައުމުން ވެސް ދަނީ އެއްބަޔަކު އަނެއް ބައެއްގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާތައް ދެމުންނެވެ.
ރަޝިޔާއިން 1,600 އަށް ވުރެ ގިނަ ޑްރޯން ވައްޓާލާފައިވާ ކަމަށާއި، އޭގެ ތެރޭގައި މޮސްކޯއަށް އަމާޒުކުރި 450 ޑްރޯން ހިމެނޭ ކަމަށް މޮސްކޯގެ މޭޔަރު ހާމަކުރެއްވިއެވެ. މިއީ އިންތިޚާބަށް ހުރަސްއެޅުމަށް ދިން ހަމަލާތަކެއް ކަމަށް އޭނާ ސިފަކުރެއްވިއިރު، މޮސްކޯގެ ސޯފްޔީނޯ އަދި ރާމެންސްކޮޔޭ ޑިސްޓްރިކްޓްގެ އެޕާޓްމަންޓް އިމާރާތްތަކަށް ގެއްލުން ލިބި، 70 ކުޑަކުދިން ހިމެނޭހެން 400 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
މޮސްކޯގެ މުހިންމު ތެޔޮ ސާފުކުރާ ކާރުޚާނާއަށް ލިބުނު ގެއްލުންތަކުގެ އިތުރުން، ޔޫކްރެއިންގެ މިފަދަ ހަމަލާތަކުގެ ސަބަބުން ރަޝިޔާގެ ތެޔޮ ސާފުކުރުމުގެ ޤާބިލުކަމަށް ބުރޫއަރައި، ތެލުގެ އަގު އުފުލި، އެކި ސަރަހައްދުތަކުގެ ޕެޓްރޯލް ޝެޑްތަކުގައި ބޮޑެތި ކިއުތައް ވަނީ އުފެދިފައެވެ. ނަމަވެސް ދެ ފަރާތުން ވެސް ދަނީ އާންމުންނަށް ހަމަލާ ނުދޭ ކަމަށް ބުނަމުންނެވެ.
މި ލިޔުން ކިޔާލުމުން



