ބަލްގޭރިއާގެ ގަލިވް އެއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން އެ އެއާލައިނުން ވަނީ ހާމަކޮށްފައެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. ވިލާތުގެ ފިނިމޫސުމާ ދިމާކޮށް ކުރިއަށްގެންދާ މި ޝެޑިއުލް ދަތުރުތައް އަންނަ އަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި ދަތުރުތައް ހަމަޖައްސާފައިވަނީ ހަފުތާ ބަންދާ ދިމާކޮށް، ރަސްމީ ދަތުރުތަކާއި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތަށެވެ. އެގޮތުން މާލެއާއި ބަލްގޭރިއާގެ ވެރިރަށް ސޯފިއާއާ ދެމެދު ކޮންމެ ހުކުރު ދުވަހަކު ދަތުރެއް ބާއްވާއިރު، ސޯފިއާއިން މާލެއަށް ދަތުރުތައް އޮންނާނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.
ސޯފިއާގައި ރަޖިސްޓްރީކޮށްގެން ހިންގާ ގަލިވް އެއާއިން މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވައިޑް ބޮޑީ ބޯޓެއް ކަމަށްވާ އެއަރބަސް އޭ-330-200 މަރުކާގެ ބޯޓެކެވެ. އަދި މި ދަތުރުތަކުގައި ބައިވެރިވާ ކޮންމެ ފަސިންޖަރަކަށްވެސް ދެ ކެއުމާއި ބުއިންތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން



