މާލޭގައި ދިރިއުޅެމުންދާ 25 އަހަރުގެ ދިވެހި އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ލ. މުންޑޫ، ގުލްޒާރުގެ، އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލް އެވެ. އޭނާ މިހާރު ދިރިއުޅެމުން ދަނީ މާލޭގައެވެ.
މާއީ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި ރިޕޯޓާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
އެހެންކަމުން، މަރްޔަމް މާއީ ޖަމީލާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ލަސްނުކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
މި ލިޔުން ކިޔާލުމުން



