ކުންފުނީގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 28 ކުންފުންޏެއް އުވާލައި، އެކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އާންމުކޮށް އިޢުލާނުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ކުންފުނިތައް އުވާލާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނުގެ) 246 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2025/R-83 (ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަނަންބަރުގެ ދަށުން، ކުންފުނި އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅާފައިވާ އިޖުރާއާތުތައް ބަޔާންކުރުމުގެ ގަވާއިދު) ގައިވާ އެންމެހައި ކަންކަން ފުރިހަމަކުރުމަށްފަހު އެވެ.
މިގޮތުން މި އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު އުވާލެވުނު 28 ކުންފުނީގެ ތަފްޞީލު ހިމެނޭ ލިސްޓު މިހާރު ވަނީ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކުރައްވާފައެވެ.
މީގެއިތުރުން، މި ނިންމުމާ ގުޅިގެން ނުވަތަ އިޢުލާނާ ގުޅިގެން އެއްވެސް އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީން އެދެއެވެ.
މިނިސްޓްރީން ވިދާޅުވީ މިއީ ދިވެހި ވިޔަފާރިވެރިން ބާރުވެރިކުރުވައި، 2040 އާ ހަމައަށް ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން



