ޤައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއިން ކުޑަކުދިންނަށް ހާއްސަކޮށްގެން ބޭއްވި ކުރެހުމުގެ މުބާރާތުގެ ވަނަތައް ވަނީ އިޢުލާންކޮށްފައެވެ. އާންމުކޮށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ސްޓެލްކޯގެ އިލެކްޓްރިކަލް، މެކޭނިކަލް، ސިވިލް، ސޮފްޓްވެއާ، ރިނިއުއަބަލް އެނާޖީ އަދި ވޯޓާ އެންޑް ސިއުވަރޭޖް ދާއިރާތަކުގައި މަސައްކަތްކުރާ އިންޖިނިއަރުންގެ ހިދުމަތާއި އެ މަސައްކަތަށް ހުރި ޝައުގުވެރިކަން ކުރެހުންތަކުގެ ޒަރިއްޔާއިން ދައްކުވައިދިނުމެވެ.
ދެ އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ވަނަތައް ހޯދި ފަރާތްތަކަކީ:
5 އަހަރާއި 10 އަހަރާ ދެމެދުގެ ކެޓަގަރީ:
-
- ޔަލީނާ އައިޝް ހުސެއިން (1 ވަނަ)
- ޔާރިއާ އައިން ހުސެއިން (2 ވަނަ)
- އައިރީން ބިންތި އަހުސަން (3 ވަނަ)
🎨 STELCO Engineers’ Day 2026 Art Competition | Winners – Ages 5–10
It’s time to celebrate our young creative stars!
We are pleased to announce the winners of the STELCO Engineers’ Day 2026 Art Competition in the 5–10 years category! 🏆✨🥇 1st Place: Yalena Ayesh Hussain
🥈… pic.twitter.com/hUzHxyGlvT— STELCO (@STELCOMALDIVES) August 29, 2026
11 އަހަރާއި 16 އަހަރާ ދެމެދުގެ ކެޓަގަރީ:
-
- އައިޝަތު ރައިނާ (1 ވަނަ)
- އައިޝަތު ނާޔާ މުހައްމަދު (2 ވަނަ)
- ރައިނާ ރިލްވާން ހުސްނީ (3 ވަނަ)
🎨 STELCO Engineers’ Day 2026 Art Competition | Winners – Ages 11–15
We are delighted to announce the winners of the STELCO Engineers’ Day 2026 Art Competition in the 11–15 years category! 🏆✨
🥇 1st Place: Aishath Raina
🥈 2nd Place: Aishath Naaya Mohamed
🥉 3rd Place: Raina… pic.twitter.com/u20s5cyBBA— STELCO (@STELCOMALDIVES) August 29, 2026
މި މުބާރާތުގެ ދެ ކެޓަގަރީންވެސް 1 ވަނައަށް ދިޔަ ފަރާތަކަށް 2,500 ރުފިޔާ، 2 ވަނައަށް 1,500 ރުފިޔާ އަދި 3 ވަނައަށް 1,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ. މީގެ އިތުރުން 4 ވަނައިން ފެށިގެން 10 ވަނައާ ހަމައަށް ހޮވުނު ކޮންމެ ކުރެހުމަކަށް 500 ރުފިޔާގެ އިނާމެއް ދީފައިވެއެވެ.



