ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ބޭރަށް ކުއްޖަކު ވެއްޓިފައިވާ ކަމަށް މިއަދު ހެނދުނު 11:35 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
Advertisement
މިގޮތުން ފުލުހުން ބުނީ އެ ޓަވަރުން ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށާއި، އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



