ހއ، ހދ ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަޒީރު އަހުމަދު ޝިޔާމް ހދ. ނޮޅިވަރަމަށް ވަޑައިގެން އެ ރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ނޮޅިވަރަމް ކައުންސިލުން ވަނީ އެ ރަށުގެ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ވަޒީރާ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ސްޕޯޓްސް ފިޝިން ކުރިއެރުވުމަށް ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އަދި، ފުޑް ސެކިއުރިޓީ ގާއިމުކުރުމުގައި ހުރި ގޮންޖެހުންތައް ވަނީ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް) ކޮންޓްރޯލް ކުރުމަށްޓަކައި، ބޭނުންވާ ޕެސްޓްސައިޑް ނޮޅިވަރަމް ކައުންސިލަށް ވަނީ ހަދިޔާކުރައްވާފައެވެ.
ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި، ވަޒީރު ވަނީ އެރަށުގެގައި ގާއިމްކުރާ އެގްރިކަލްޗާ ޕްރޮޖެކްޓްގެ ސައިޓަށް ވަޑައިގެން މަސައްކަތްތައް ހިނގާގޮތްވެސް ބައްލަވާލައްވައިފައެވެ.



