މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން "ނެޓް މީޓަރިންގ ރެގިއުލޭޝަން 2026" އާ ގުޅޭގޮތުން ބާއްވާ ޚާއްޞަ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މި މަޝްވަރާ ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ 2026 ވަނަ އަހަރު އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ނެޓް މީޓަރިންގ ގަވާއިދާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު އާންމު ފަރުދުންނަށާއި، މަދަނީ ޖަމްއިއްޔާތަކުގެ އިތުރުން މި ދާއިރާގައި މަސައްކަތްކުރާ ފަންނީ ފަރާތްތަކާއި އިންސްޓޯލަރުންނަށް އަރުވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 11 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 09:00 އިން 13:00 އަށެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ހުށަހަޅާނީ އެކަމަށްޓަކައި އެކުލަވާލާފައިވާ އޮންލައިން ފޯމު މެދުވެރިކޮށެވެ.



