އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.
މިގޮތުން ހޯދަމުންދަނީ ގަސްކަރަ / ގދ.ގައްދޫ، ޔަޒްދާދު ޤާސިމް (36އ) އެވެ.
Advertisement
ފުލުހުން ވަނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ހާޒިރުވުމަށް އަންގައިފައެވެ.
މައްސަލައިގެ ތަހުޤީޤަށް ތުހުމަތުގައި ސުވާލުކުރުމަށް އޭނާ ހާޒިރުވާން ޖެހޭނީ 2026 އޮގަސްޓު 14 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ.



