އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޕަމްޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތެވެ.
4.89 ކިލޯމީޓަރުގެ މަގު ހެދުމުގެ މި މަޝްރޫޢުގެ ދަށުން ތާރު އަޅައިގެން މަގުތައް ތަރައްޤީ ކުރުމާއި، ކެރިއޭޖްވޭ އަދި ސައިޑްވޯކްގެ މަސައްކަތާއި، މަގުމަތީގައި ހުންނަ ކާނުތަކާއި ސްޓޯރމް ވޯޓަރ މަނޭޖްމަންޓް ސިސްޓަމްގެ ގާއިމު ކުރުމާއި، ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުމާއި، މަގު ބައްތި ހަރުކުރުމާއި، މިހާރު ހުރި މަގުތަކުގައި ސްޓްރީޓް ލައިޓް ހަރުކުރުމުގެ އިތުރުން މިހާރު ހުރި މަގުތަކުގައި ސްޕީޑް ބްރޭކަރ ހެދުމުގެ މަސައްކަތް އަދި ޒީބްރާ ކްރޮސިންގްސް މާކު ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މިއީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް(އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.



