ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މާލޭ ވިޔަފާރި ބަނދަރުން، ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 2،234 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
2026 ޖުލައި 27 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 2.2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
🔹ބާވަތް: މެތްއެމްފެޓަމީން
🔹 ބަރުދަން: 2231 ގްރާމް
🔹ޖުމްލަ މަަގުމަތީއަގު: 4.4 މިލިއަން ދިވެހި ރުފިޔާ pic.twitter.com/p9MUdNQ4yq— Maldives Customs Service (@CustomsMv) July 30, 2026
އަދި މިތަކެތި އަތުލައިގަނެފައިވަނީ، 27 ޖުލައި 2026 ވަނަ ދުވަހު ކަމަށާއި، އަތުލައިގެންފައިވަނީ މެތްއެމްފެޓަމީން ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.
މި ތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ދިވެހި ރުފިޔާ އަށް އަރާ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ލަފާކޮށްފައެވެ.



