މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އަޙުމަދު ނިޔާޛު ވަކިކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ސ. މީދޫ، ހަސަންކާރިގެ، އަޙުމަދު ނިޔާޛު، 23 ޖުލައި 2026 އިން ފެށިގެން ވަނީ ވަކިކޮށްފައި.
— Privatization & Corporatization Board (@pcb_gov) July 23, 2026
މިގޮތުން ޕީސީބީން ހާމަކުރި ގޮތުގައި އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ސ. މީދޫ، ހަސަންކާރިގެ، އަޙުމަދު ނިޔާޛު ވަކިކޮށްފައިވަނީ 23 ޖުލައި 2026 އިން ފެށިގެންނެވެ.
އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ނިޔާޛު ޢައްޔަންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ފަހުކޮޅުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ. އޭނާ އެމްޓީޑީސީއާ ގުޅިވަޑައިގެންނެވީ 2007 ވަނަ އަހަރުގައެވެ.



