ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ އަތުލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލަމުންދާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެކެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ފުރިހަމަ ތަހުގީގެއް މިހާރު ވަނީ ފަށާފައެވެ.
Advertisement
ނަމަވެސް މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ އަތުލާފައިވަނީ ޖުމްލަ ކިހާ ފައިސާއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



