ކަނޑުމަތީގައި ހާލުދެރަވި ބަލިމީހަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީގެ ދެކުނުން ގާތްގަނޑަކަށް 711 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ލައިބީރިއާގެ "އެމްއެސްސީ ލިއާން" ނަމަކަށް ކިޔާ މުދާއުފުލާ ބޯޓެއްގައި ހުރި ފަސިންޖަރެއްގެ ބަލިހާލަތު ގޯސްވެގެން އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.
Advertisement
އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާއެކު، ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރ ކްރާފްޓް އުޅަނދެއް، އައްޑޫ އަތޮޅުގެ 5 މޭލު ބޭރުން ބަލިމީހާ ކޯސްޓްގާޑް އުޅަނދަށް ނަގައި، އިތުރު ފަރުވާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.



