މާލޭ ގެއެއްގައި އަލިފާން ރޯވެ ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި ގޭގައި ރޯވި އަލިފާން މިހާރު އެއްކޮށް ނިއްވާލެވިފައިވާއިރު، މި ހާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދައި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެ ގޭގައި ޖުމުލަ ހަތަރު މީހުން ދިރިއުޅެއެވެ.
Advertisement
ފުލުހުން ބުނީ ގ. މިތުރުގޭގައި ގޮދަޑިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓު ލިބިފައިވަނީ މިއަދު 8:45 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.



