މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ވޯލްޑް ގްރީން އިކޮނޮމީ އޯގަނައިޒޭޝަން އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް ގުޅިގެން ބާއްވާ "ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް 2026" ގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 29 އިން 30 އަށް ނިވާ ކުރުމްބާގައެވެ.
މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އޭޝިއާ-ޕެސިފިކް ސަރަހައްދަށް ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކަށް ތަހައްމަލުކުރެވޭނެ ފަދަ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ބޭނުންވާ މުހިންމު އިސްތިރާޖީތަކާ ބެހޭގޮތުން ސަރަހައްދީ ފެންވަރުގައި މަޝްވަރާކޮށް، އެކަމަށް މަގުފަހިކުރުމެވެ.
މީގެ އިތުރުން، ފެހި އިގްތިސާދަކަށް ވާސިލުވުމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އައު އީޖާދުތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން މި ފޯރަމްގައި ފުޅާދާއިރާއެއްގައި ވާހަކަދެކެވޭނެއެވެ.
މި ފޯރަމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.


