ސައިންޓިފިކް ގޮތުން ބިންހެލުންތައް ކުރިއާލައި ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދައިފާ ނުވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ހާމަކުރި ގޮތުގައި ދިގު މުއްދަތަކަށް ބަލާއިރު ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެ ކަމަށާއި، ނަމަވެސް ބިންހެލުމެއް އަންނާނެ ސީދާ ވަގުތެއް، ތާރީޚެއް ނުވަތަ އަންނާނެ ސީދާ ތަނެއް ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތްތަކެއް ނެތް ކަމަށެވެ.
Advertisement
މީގެ އިތުރުން މެޓް އޮފީހުން ބުނީ އެ އިދާރާއިން ދަނީ ބިންހެލުންތަކުގެ މަޢުލޫމާތު މެދުކެނޑުމެއް ނެތި ބަލަމުން ކަމަށެވެ.
އަދި ރާއްޖެއަށް އަސަރެއް ކޮށްފާނެ ފަދަ ބިންހެލުމެއް އަތުވެއްޖެނަމަ، އެ އިދާރާއިން އެ މަޢުލޫމާތެއް ލަސްނުކޮށް އާންމުންނަށް ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.


