އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން، ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް 'ޓީމް ބިލްޑިންގ' ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
އެ ކޮމިޝަނުން ހާމަކުރި ގޮތުގައި ކ. ތުލުސްދޫގައި ބޭއްވި ސްޓާފް ރިޓްރީޓުގެ ތެރެއިން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ 65 މުވައްޒަފުން ބައިވެރިވިއެވެ.
Advertisement
ސިވިލް ސަރވިސް އިން ބުނީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އަށަގަންނުވައި، ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގައި ޝައުޤުވެރި ޓީމް ބިލްޑިންގ ގޭމްތައް ވަނީ ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
މި ހަރަކާތްތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.


