ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ ތާރިޤު އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީ ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް އަރުވައިފިއެވެ.
މިކަމަށްޓަކައި ޔޫއޭއީގެ ޚާރިޖީ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ސަފީރު ތާރިޤު އިބްރާހީމްގެ ފަތްކޮޅުގެ ކޮޕީއާ ހަވާލުވެވަޑައިގަތީ އެ ވުޒާރާގެ އެސިސްޓަންޓް އަންޑަރސެކްރެޓަރީ ފޯ ޕްރޮޓޮކޯލް އެފެއާޒް، ހިޒް އެކްސެލެންސީ އުމަރު އުބައިދު އަލްހަސަން އަލްޝަމްސީއެވެ.
Advertisement
ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޠާރިޤު ޢައްޔަން ކުރެއްވީ މި ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ.


