އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަގާމަށް، އެ ކޮމިޝަންގެ މެންބަރު މުހައްމަދު ޝަކީލު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މިކަމަށްޓަކައި ނެގި ވޯޓުގައި އީސީގެ ރައީސް ކަމަށް ޝަކީލް ޢައްޔަންކުރަން ފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ.
Advertisement
މި މަހުގެ 24 ވަނަ ދުވަހު އީސީގެ މެންބަރުކަމުގެ ހުވާ ކުރެއްވި ޝަކީލަކީ ޑިސެމްބަރު 2014 އިން މޭ 2018 އަށް ވެސް އެ ކޮމިޝަނުގެ މެންބަރުކަން އަދި އޭގެ ކުރިން ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ.
އީސީގެ ރައީސްކަމުގެ މަޤާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުޙައްމަދު ޒާހިދު މިދިޔަ މޭމަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.



