މާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދުމުގެ އަސަރު ކުރި މީހަކު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ މއ. ސުއްކަތުރާގޭގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު މިއަދު 09:42 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
Advertisement
މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 10:12 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަދި އެ ގޭގައި ބަހައްޓާފައި ހުރި ކަބަޑު ސެޓެެއްގައި ރޯވެ ހިނގި މި ހާދިސާގައި، އެކަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.



