ރ. އަލިފުށީގެ އެއާޕޯޓާއި ހޮސްޕިޓަލް ހިމެނޭހެން އެ ރަށުގައި ހިންގާ މުހިންމު މަޝްރޫއުތައް މި ދައުރުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން އަލިފުއްޓަކީ ސްޓްރެޓިޖިކް މުހިންމު ރަށެއް ކަމަށެވެ. އެ ރަށުގެ މަޝްރޫއުތައް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދިޔަ ނަމަވެސް، މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީއަށް ބޭނުންވާ ސާމާނު ހޯދުމަށް މާލީ އެހީތެރިކަން މިހާރު ހަމަޖައްސައިދީފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މާ ލަސްތަކެއް ނުވެ ތަކެތި ހަމަކޮށް، އެމްޓީސީސީން އެ މަސައްކަތް ބާރަށް ފަށާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި ތަފާތު މަރުހަލާތަކުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ނިންމުމަށް، އެ މަޝްރޫއެއްގެ قަދަރުގެ ނިސްބަތުން ހާއްސަ ތާވަލެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ މެދުތެރެއާއި ފަހުކޮޅަށް ބައެއް މަޝްރޫއުތައް ތާވަލުކުރެވިފައިވާއިރު، 50 އެނދުގެ ހޮސްޕިޓަލްތައް ފަދަ ބޮޑެތި މަޝްރޫއުތައް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.



