އެމްޕީއެލްފެ ބާޖަކުން މޫދަށް ވެއްޓުނީ ޖުމްލަ ފަސް ކޮންޓޭނަރު ކަމަށާއި، އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ހޯދިފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވަނީ ވެއްޓިފައެވެ. މި ކޮންޓޭނަރުތަށް އޮޔާ ދާތީ ކަނޑު ދަތުރުކުރާ ފާރާތްތަކުންސަމާލުވުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
މިހާތަނަށް ފެނިފައިވަނީ ދެ ކޮންޓޭނަރުގެ އިތުރުން ބާކީ ހުރި ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފިއެވެ.
ކޮންޓޭނަރުތަށް ދަތުރުކުރާނެ ކަމަށް ބެލެވެނީ ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.




