ޝަރީޢާގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންވެސްޓް ކުރުމަށް ބޭނުންވާ ކަސްޓަމަރުންގެ ބޮޑު ތަރުޙީބަކާއި އެދުމުގެ މަތިން، މޯލްޑިވްސް އިސްލާމިކް ބޭންކް އިން ވަނީ ޚާއްޞަ ޕްރޮމޯޝަނަލް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް (ޖީއައިއޭ) އެއް ތަޢާރަފުކޮށް، އެ ފުރުޞަތު 2026 ޖުލައި 30 ގެ ނިޔަލަށް ހުޅުވާލާފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުން ރައްކާކުރާ ފައިސާއަށް މަތީ ފައިދާގެ ރޭޓުތަކެއް ލިބިގެންދާނެއެވެ.
އެގޮތުން ޑޮލަރުން ކުރާ ޑިޕޮސިޓްތަކަށް %4.0 ގެ ފައިދާ ރޭޓެއް އަދި ދިވެހި ރުފިޔާ އިން ކުރާ ޑިޕޮސިޓްތަކަށް %3.5 ގެ ފައިދާ ރޭޓެއް ލިބިގެންދާނެ ކަމަށް އެމްއައިބީއިން ވަނީ ހާމަކުރައްވައިފައެވެ . މިއީ އިސްލާމީ ބޭންކިންގްގެ ހަމަތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ފައިސާ އިތުރުކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.
މި ޕްރޮމޯޝަނަލް ޖީއައިއޭ އަކީ ކަސްޓަމަރުންގެ މާލީ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، ޝަރީޢާ ހުއްދަކުރާ މަގަކުން ފަސޭހަކަމާއެކު ފައިސާ އިންވެސްޓްކުރުމަށް ހުޅުވާލެވިފައިވާ މަގެކެވެ.
މި ޚާއްޞަ ފައިދާގެ ރޭޓުތައް ލިބޭނީ 2026 ޖުލައި 30 ވަނަ ދުވަހުގެ ކުރިން ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއް ހުޅުވައި، އެކައުންޓަށް ފައިސާ ޖަމާކުރާ ކަސްޓަމަރުންނަށެވެ.
މި އެކައުންޓް ހުޅުވުމަށް އެމްއައިބީގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ފޯމު ހުށަހެޅޭނެއެވެ. ނުވަތަ އެމްއައިބީގެ އެންމެ ކައިރި ބްރާންޗަކަށް ޒިޔާރަތްކޮށްގެން ވެސް މި ޕްރޮމޯޝަނަލް ޖީއައިއޭ އެކައުންޓް ހުޅުވުމުގެ އިންތިޒާމު ވަނީ އެ ބޭންކުން ހަމަޖައްސައިފައެވެ.
މި ލިޔުން ކިޔާލުމުން



