މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް 722 މިލިއަން ރުފިޔާ (47 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ ގެ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20 އިންސައްތަ އިތުރުވުމެކެވެ. ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް އާމްދަނީ ލިބެނީ ބޭރު ފައިސާއިންނެވެ.
ޖުމްލަ އާމްދަނީ އިތުރުވި ނަމަވެސް، ނިމިދިޔަ މެއި މަހު ރިސޯޓު ކުލީގެ ގޮތުގައި ލިބިފައިވަނީ 7.2 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 122 އިންސައްތަ ދަށް އަދަދެކެވެ. މީގެއިތުރުން، މިދިޔަ މާޗް މަހު ފެށުނު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އަސަރުކޮށް، ވޭތުވެދިޔަ އޭޕްރީލް އަދި މެއި މަހު ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި ޑިޕާޗާ ޓެކްސްއިން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތަށް ޓެކްސްގެ ގޮތުގައި ޖުމްލަ 16 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.




