"ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން، ރ. އިންނަމާދޫގައި ރުއް އިންދުމުގެ ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއީ އިންނަމާދޫ ކައުންސިލާއި ކަމާބެހޭ އިދާރާތައް ގުޅިގެން، އެ ރަށުގެ ފެހިކަން އިތުރުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށާއި، މި ހަރަކާތުގައި ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާ ކަމަށެވެ.
ސަރުކާރުން ފަށާފައިވާ "ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބިންތަކުގެ ފެހިކަން އިއާދަކޮށް، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ގައުމީ ފެންވަރުގައި މަސައްކަތް ކުރުމެވެ.
މިގޮތުން، ރަށްރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ތިމާވެއްޓެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.




