ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 9 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މިގޮތުން އެޗްޕީއޭ އިން އާންމުކުރި ހިމަބިހި ކޭސްތަކުގެ އަދާހަމައަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 9 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިވަގުތު 5 ކޭސްގެ އިންވެސްޓިގޭޝަން ދަނީ ކުރެވެމުންނެވެ.
އެޗްޕީއޭ އިން ވަނީ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކުރައްވާ ޞިއްޙީ ފަރުވާ ހޯއްދަވާ، އަދި ފަރުވާ ހޯދަން ވަޑައިގަންނަވާ އިރު މާސްކު އެޅުމަށާއި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.




