މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ, ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް ޑރ. ޢަބްދުالله މުއްޠަލިބް މާލޭގައި ކުރިއަށްދާ ބައެއް ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
އެގޮތުން މިނިސްޓަރ ވަނީ ރަސްފަންނާއި ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން ޖުމްހޫރީ މައިދާން ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް މާލޭގައި ކުރިއަށްދާ ބައެއް ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.
މިނިސްޓަރގެ އަރިހުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޠީމް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް… pic.twitter.com/4aNmmKgkui
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) April 29, 2026
މިނިސްޓަރގެ އަރިހުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޠީމް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ސީނިއަރ ޖެނެރަލް މެނޭޖަރ އަޙްމަދު ލަތީފް އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ޠަޢާމް މުޙައްމަދު އާއި މިނިސްޓްރީގެ ޕްރޮޖެކްޓްސް ޓީމުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.




