އޯކިޑު މަގުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ. ރޯވެފައި ވަނީ އޯކިޑު މަގުގައި ހުންނަ މ. މައިމަގުމަތީގޭގައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މިހާރު އަލިފާން ގަނޑު ވަނީ ކޮންޓްރޯލްކުރެވިފައެވެ.
އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ ޓީމުން ވަނީ ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
އަދި އަލިފާން ރޯވެފައި ވަނީ ހުސްކޮށް އޮތް ބިމެއްގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.






