ފ.އަތޮޅުގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. ފ.އަތޮޅުގައި ފިއުލް ސްޓޭޝަން ޤާއިމުކުރީ ފ.ނިލަންދޫގައެވެ.
މި މަސައްކަތަކީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ ވަރަށް މުހިންމު މަސައްކަތެކެވެ.
Today marks another important milestone with the opening of the fuel station in Faafu Atoll, in F. Nilandhoo. pic.twitter.com/eLN5edZduW
— FSM (@FuelSuppliesMv) April 16, 2026
ޖުމުލަ 18 ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެތެރެއިން މިހާތަނަށް 5 ސްޓޭޝަންގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
މާލެއެކޭ އެއްގޮތަށް އަތޮޅުތަކުން ހެޔޮ އަގުގައި ތެޔޮ ނުލިބުމަކީ ރައްޔިތުންގެ އޮތް ވަރަށް ބޮޑު ޝަކުވާއެކެވެ. އެފްއެސްއެމްގެ ޚިދުމަތް މާލޭގެ އިތުރުން ދެމުން އައިސްފައިވަނީ އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލައް ސިޓީ، ކޫއްޑޫ، ތިނަދޫ ސިޓީ އަދި ފެލިވަރުގައެވެ.







