ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި, އަލީ އާރިފް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުގެ ޕްރެޒިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އާރިފް މިއަދު އިސްތިއުފާ ދެއްވާފައިވާކަން, ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީހު ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވައިފައެވެ.
ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއްނުވެއެވެ.






