މިއަދު ނ. އަތޮޅުގެ ރިސޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ ރިސޯޓުގެ ރެސްޓޯރަންޓުގައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 12 ވަނަ ދުވަހުގެ މެންދުރު ފަހު 14:04 އެހައިކަންހާއިރު ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި ކަމަށެވެ.
އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ސޮނެވާ ޖާނީ ރިސޯޓުގައެވެ.






