ވިލިމާލެ ފަޅުތެރެއަށް ފީނަން ދިޔަ މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން، 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ހެނދުނު 06:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި ރިޕޯޓާ ގުޅިގެން، ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އެ މީހާ ފެނިފައިވަނީ ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައި ކަމަށާއި، މީހާ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






