މާލޭ ގެއެއްގެ ދޮރުމަތީގައި އަނގައިން ލޭ އައިސް ޚަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ ނިޔާވެއްޖެއެވެ.
މާލެ، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ޚަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 6 ވަނަ ދުވަހުގެ އިރުއޮއްސި 18:18 އެހައިކަންހާއިރު އެވެ.
ފުލުހުން މިއަދު ބުނީ އެމީހާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް 2026 އޭޕްރީލް 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށާއި، އެއީ އިންޑިޔާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
އަދި މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެމީހާ ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.





