ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން މުޙައްމަދު ނަޖާޙް މިއަދުން ފެށިގެން ވަކިކޮށްފިއެވެ.
ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ނަޖާހު ވަކިކުރިކަން ހާމަކޮށްފައެވެ. ނަމަވެސް މި ނިންމުން ނިންމީ ކޮން ސަބަބަކާހުރެ ކަން ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީކަމުގެ މަގާމަށް ނަޖާހު އައްޔަންކުރީ 2024ވަނަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހެވެ. އޭގެ ކުރިން އޭނާ ހުންނެވީ، ހެޕީ މާކެޓުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ. ނަޖާހަކީ މި ސަރުކާރުގައި ފެނަކައަށް އައްޔަންކުރި ދެވަނަ އެމްޑީއެވެ.







