ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީއިން އިއްޔެ 'އެކްސް' ގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ، ބިން ހަވާލުކުރުމުގެ ގޮތުން އެ ސަރަޙައްދު ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 3ން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރިއަށް.
މިގޮތުން މި ސަރަހައްދު ސާރވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް… pic.twitter.com/M7hyMLDDZc
— Housing Development Corporation (@hdcmaldives) March 25, 2026
އެމަސައްކަތް އެޗްޑީސީއިން ކުރަމުންގެންދަނީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާ ގުޅިގެންނެވެ.
ހުޅުމާލެ ތިން ވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކުރެއެވެ.
ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތަކާއި އެ ތަންތަނުގެ ބޮޑުމިން:
- 1650 އަކަފޫޓުގެ 181 ގޯތި
- 2050 އަކަފޫޓުގެ 242 ގޯތި
- 2450 އަކަފޫޓުގެ 132 ގޯތި
- 2850 އަކަފޫޓުގެ 62 ގޯތި
- 3250 އަކަފޫޓުގެ 41 ގޯތި
- 3650އަކަފޫޓުގެ 16 ގޯތި
- 4000 އަކަފޫޓުގެ 24 ގޯތި
ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ގޯތި ދޫކުރާ ސަރަހައްދުގެ ބިން މި ސަރުކާރުން މިހާރު ހިއްކާ ނިންމާފައިވާއިރު، ހުޅުމާލޭ ތިން ވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.






