ތ.ކަނޑޫދޫ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޞިއްޙީ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފް އެވެ. އަދި އެމްޓީސީސީގ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަހްމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އެވެ.
މި މަޝްރޫޢުގެ ދަށުން 21 އެނދުގެ ޞިއްޙީ ޚިދުމަތް ދޭ އިމާރާތަކާއި، އެހެނިހެން ޚިދުމަތް ދޭ އިމާރާތަކާއި، އެކޮމޮޑޭޝަން ގެ ދެ އިމާރާތެއް ބިނާކުރެވޭނެއެވެ.
މިއީ 22.66 މިލިއަން ރުފިޔާއަށް 390 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.






