ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއީ ހައިކޯޓަށް ޢައްޔަންކޮށްފައިވާ، އެ ކޯޓުގައި މަސައްކަތް ކުރަމުންދާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ.
މި މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 47،700ރ. އާއި، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 18،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. ލިބޭނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވަންސާއި ހެލްތު އިންޝުއަރެންސް ވެސް ލިބޭނެއެވެ.
ޖޭއެސްސީން ވަނީ ފެމިލީ ކޯޓުގެ އިސް ޤާޟީ ކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން މާރިޗު 31 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް އެ ކޮމިޝަންގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ.






