ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފިއެވެ.
ފަސްޓް ލޭޑީ ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވީ އިއްޔެ ހަވީރު އެވެ. އެކަމަނާ ފުވައްމުލަށް ސިޓީއަށް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ފުވައްމުލަކުން ވަނީ ކިޔައިފައެވެ.
މިއަދު އޮތް ދޮރުން ދޮރަށް ހަރަކާތުގައި ފަސްޓް ލޭޑީ ވަނީ އެ ސިޓީގެ ބައެއް ގެތަކަށް ވަޑައިގެން އާއިލާތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުން އަޑުއައްސަވައިފައެވެ. ގޭގެއަށް ވަޑައިގެން ގިނަ ވަގުތުތަކެއް އެކަމަނާ ހޭދަކުރެއްވިއެވެ.
ކޮންގްރެސް ޕާޓީގެ ފުވައްމުލަކު ސިޓީގެ ކެންޑިޑޭޓުންގެ، ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން.
މި ހަރަކާތުގައި ކޮންގްރެސް ޕާޓީގެ ރައީސް އަދި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެންފައިވޭ.#VotePNC #LCE2026… pic.twitter.com/cexquiYSn7— PNC Secretariat (@pnc_secretariat) March 24, 2026
ދޮރުން ދޮރަށް ހަރަކާތުގެ އިތުރުން، ފަސްޓް ލޭޑީ ވަނީ ޕީއެންސީގެ ފަރާތުން ފުވައްމުލައް ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ވެސް ބައްދަލުކުރައްވައިފައެވެ. ކޮންގްރެސް ޕާޓީގެ ފަރާތުން މިފަހަރު ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ މަސީހް ވަނީ މި ބައްދަލުކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ.
ސިޓީތަކަށް ފަސްޓް ލޭޑީ ކުރައްވާ ދަތުރުފުޅުގައި އިއްޔެ ވަޑައިގެންނެވީ ތިނަދޫ އަށެވެ. ތިނަދޫ ސިޓީގައި ވެސް ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދަވައި، ކެންޑިޑޭޓުންނާ އެކަމަނާ ވަނީ ބައްދަލުކުރައްވައިފައެވެ.
ކޮންގްރެސް ޕާޓީގެ ތިނަދޫ ސިޓީގެ ކެންޑިޑޭޓުންގެ، ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން.
މި ހަރަކާތުގައި ކޮންގްރެސް ޕާޓީގެ ރައީސް އަދި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެންފައިވޭ.#VotePNC #LCE2026… pic.twitter.com/3WQVRlm92A— PNC Secretariat (@pnc_secretariat) March 23, 2026
ތިނަދޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ފަހު އެކަމަނާ ދެން ވަޑައިގަންނަވާނީ އައްޑޫ ސިޓީއަށެވެ.






